ހެޔޮބަސް ރުޤްޔާ ކޯސް (ޖެނުއަރީ 2025)


ތިމާގެ ނަފްސާއި އަހުލުންނަށް ރުޤްޔާ ކުރަން ދަސްކުރާށެވެ!

ކޯހުގެ ތަޢާރަފް

މިކޯހަކީ، އެސްފީނާ، ސިހުރު، ޙަސަދަ އަދި ޖިންނީގެ ޙަޤީޤަތްތައް ދަސްކޮށްދީ، ތިމާގެ ނަފްސާއި އަހުލުންނަށް، ރޫޙާނީ ބަލިތަކާއި، ނަފްސާނީ ބަލިތަކާއި އެހެންވެސް ބަލިތަކަށް ޝަރުޢީ ރުޤްޔާއާއި ނަބަވީ ބޭސްވެރިކަމުގެ ފަރުވާތައް ކުރާނެ ގޮތް އުނގަންނައި ދިނުމަށާއި، އަދި ރޫޙާނީ ބަލިތަކާއި ޖިންނީގެ އުނދަގޫތަކުން ރައްކާތެރިވާނެ ގޮތްތައް ދަސްކޮށްދިނުމަށް ހިންގޭ ކޯހެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9258477 އަށް ގުޅުއްވާ ނުވަތަ ވައިބަރ ކުރައްވާ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް

އަތޮޅު ޚިޔާރުކުރައްވާ
  • އަތޮޅު ޚިޔާރުކުރައްވާ
  • ހއ
  • ހދ
  • ށ
  • ނ
  • ރ
  • ބ
  • ޅ
  • ކ
  • އއ
  • އދ
  • ވ
  • މ
  • ފ
  • ދ
  • ތ
  • ލ
  • ގއ
  • ގދ
  • ޏ
  • ސ
ރަށް ޚިޔާރުކުރައްވާ
  • ރަށް ޚިޔާރުކުރައްވާ
  • Select 1
(އައިޑީ ކާޑުގެ ނަން ލިޔެފައިވާ ފުށް، ފޮޓޯ ނާރާ ގޮތަށް ވިޔަސް ފުދޭނެއެވެ)

• ކޯހުގައި ބައިވެރިވާ ފޯރމް ފޮނުވާ އިރު ފީދައްކަން ވާނެއެވެ.
• ކޯހުގައި ބައިވެރިވެވޭނީ ފީދެއްކުމަށްފަހު، ފައިސާގެ ރަޝީދު ފޯމާއި އެކު އެޓެޗްކޮށް ފޮނުވުމުންނެވެ. އަދި ވައިބާ އަށްވެސް ސްލިޕް ފޮނުވަން ވާނެއެވެ.
• ކޯހުގެ ފީއަކީ 1000 (އެއްހާސް) ދިވެހި ރުފިޔާއެވެ.
• ފީގެ ސްލިޕްގެ ރިމާރކްސް ގައި، އައިޑީ ކާޑު ނަންބަރު، ނަން އަދި ފޯނު ނަންބަރު ޖަހަން ވާނެއެވެ.
• ފީދައްކާނީ އޮންލައިން ޓްރާންސްފާގެ ޒަރީޢާއިންނެވެ.
• ފީ ޓްރާންސްފާ ކުރަންވީ އެކައުންޓް: 7703236127001 (Abdulraheem Muhammad) – ބީ.އެމް.އެލް
• ފީގެ ފައިސާ ޖަމާކުރުމަށް ފަހު ވައިބާ އަށް ފޮނުވަންވީ ނަންބަރު: 9258477

 

ކޯހުގެ މަޢުލޫމާތުތައް

ކޯސް ހުށަހަޅައިދޭ ގޮތް: އޮންލައިންކޮށް

ކޯހުގެ މުއްދަތު: 1 މަސް

ފެށޭ ތާރީޚް: 10 ޖެނުއަރީ 2025

ކްލާސްތައް އޮންނަ ގަޑިތައް: 20:30 އިން 22:30 އަށް

ކްލާސްތައް އޮންނާނީ: ހަފްތާއަކު 2 ދުވަހު

ހަފްތާގެ ކްލާސް ނަގައިދޭ ދުވަސްތައް: ހުކުރު, ހޮނިހިރު

ކްލާސް ނަގައިދޭ އެޕް: ގޫގްލް މީޓް

ކޯހުގައި ބައިވެރިވުމުގެ މަޢުލޫމާތުތައް

ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަޑި: 9 ޖެނުއަރީ 2025

ކޯހުގެ ފީ: 1000 ރުފިޔާ

ކޯހުގައި ކިޔަވައިދޭ މާއްދާތައް

  • ތައުޙީދު
  • ރުޤްޔާ އާއި އޭގެ ޙުކުމްތައް
  • ޖިންނި، ސިހުރު، އެސްފީނާ އާއި ޙަސަދަ އަދި ނަފްސާނީ ބަލީގެ ޙަޤީޤަތްތައް
  • ބަލިބައްޔާއި ފަރުވާ

މުދައްރިސުން

  • އައްޝެއިޚް ޢަބްދުއްރަޙީމް މުޙައްމަދު (ޅޮހި)
  • ތަޖުރިބާކާރު ރާޤީން

ކޯހަށް ވަނުމުގެ ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހި ބަހުން ލިޔަންކިޔަން އެނގުން
  • ބަލައިގެން ޤުރުއާން ކިޔަވަން އެނގުން

ކޯހުން ޙާސިލްވާނެ މިންވަރު

  •    ތައުޙީދުގެ އަސާސްތައް ދަސްވުމާއި ޝިރުކުން ސަލާމަތްވާން އެނގުން
  •  ތައުޙިދާއި ފުށު އަރާ ކަންކަން ދަސްވެ، އެފަދަ ކަންކަމުން ސަލާމަތްވެގެންވާ ޙާލު ރުޤްޔާއިން ފަރުވާ ލިބިގަންނަން އެނގުން
  • ތައުޙީދާއި އިސްލާމީ ޝަރީޢަތާއި ފުށުއަރާ ގޮތަށް ރުޤްޔާ ކުރާނަމަ ދެނެގަންނަން އެނގުމާއި، އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އަމިއްލަ ނަފްސަށާއި އަހުލުންނަށް ރުޤްޔާ ކުރަން އެނގުން
  • ރުޤްޔާ އާއި ގުޅިފައިވާ މުހިއްމު ޙުކުމްތައް އެނގުން
  •  ޖިންނި އަވަލުން، އެސްފީނާ، ޙަސަދަ، ސިހުރު ޖެހުމުން ދެނެގަންނާނެ ގޮތްތައް ދަސްވުން
  • ޖިންނި އަވަލުން، އެސްފީނާ، ޙަސަދަ، ސިހުރު ޖެހުމުން އަމިއްލައަށް އަމިއްލަ ނަފްސަށް އަދި ޢާއިލާއަށާއި ދަރީންނަށް ރުޤްޔާކޮށް ފަރުވާ ކުރާނެ ގޮތްތައް ދަސްވުން
  • ގެއަށް ދިމާވާ ރޫޙާނީ ކަންކަން ދެނެގަނެ އެކަންކަން ޙައްލު ކުރާނެ ގޮތް ދަސްވުން
  •  ރޫޙާނީ ބަލިތައް ފިޔަވައި އެހެނިހެން ބަލިތަކަށްވެސް ރުޤްޔާއާއި ނަބަވީ ބޭސްވެރިކަމުގެ އަލީގައި ކުރެވިދާނެ ފަރުވާތައް ދަސްވުން