ހެޔޮބަސް ރުޤްޔާ ކޯސް


ތިމާގެ ނަފްސާއި އަހުލުންނަށް ރުޤްޔާ ކުރަން ދަސްކުރާށެވެ!

ކޯހުގެ ތަޢާރަފް

މިކޯހަކީ، އެސްފީނާ، ސިހުރު، ޙަސަދަ އަދި ޖިންނީގެ ޙަޤީޤަތްތައް ދަސްކޮށްދީ، ތިމާގެ ނަފްސާއި އަހުލުންނަށް، ރޫޙާނީ ބަލިތަކާއި، ނަފްސާނީ ބަލިތަކާއި އެހެންވެސް ބަލިތަކަށް ޝަރުޢީ ރުޤްޔާއާއި ނަބަވީ ބޭސްވެރިކަމުގެ ފަރުވާތައް ކުރާނެ ގޮތް އުނގަންނައި ދިނުމަށާއި، އަދި ރޫޙާނީ ބަލިތަކާއި ޖިންނީގެ އުނދަގޫތަކުން ރައްކާތެރިވާނެ ގޮތްތައް ދަސްކޮށްދިނުމަށް ހިންގޭ ކޯހެކެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް

[contact-form-7 id="799b7f3" title="Ruqya Course Application Form"]

ކޯހުގެ މަޢުލޫމާތުތައް

ކޯސް ހުށަހަޅައިދޭ ގޮތް: އޮންލައިންކޮށް

ކޯހުގެ މުއްދަތު: 1 މަސް

ފެށޭ ތާރީޚް: 10 އޮކްޓޯބަރ 2024

ކްލާސްތައް އޮންނަ ގަޑިތައް: 20:30 އިން 22:30 އަށް

ކްލާސްތައް އޮންނާނީ: ހަފްތާއަކު 2 ދުވަހު

ހަފްތާގެ ކްލާސް ނަގައިދޭ ދުވަސްތައް: ބުރާސްފަތި, ހުކުރު

ކްލާސް ނަގައިދޭ އެޕް: ގޫގްލް މީޓް

ކޯހުގައި ބައިވެރިވުމުގެ މަޢުލޫމާތުތައް

ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަޑި: 9 އޮކްޓޯބަރ 2024

ކޯހުގެ ފީ: 1000 ރުފިޔާ

ކޯހުގައި ކިޔަވައިދޭ މާއްދާތައް

  • ތައުޙީދު
  • ރުޤްޔާ އާއި އޭގެ ޙުކުމްތައް
  • ޖިންނި، ސިހުރު، އެސްފީނާ އާއި ޙަސަދަ އަދި ނަފްސާނީ ބަލީގެ ޙަޤީޤަތްތައް
  • ބަލިބައްޔާއި ފަރުވާ

މުދައްރިސުން

  • އައްޝެއިޚް ޢަބްދުއްރަޙީމް މުޙައްމަދު (ޅޮހި)
  • ތަޖުރިބާކާރު ރާޤީން

ކޯހަށް ވަނުމުގެ ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހި ބަހުން ލިޔަންކިޔަން އެނގުން
  • ބަލައިގެން ޤުރުއާން ކިޔަވަން އެނގުން

ކޯހުން ޙާސިލްވާނެ މިންވަރު

  •    ތައުޙީދުގެ އަސާސްތައް ދަސްވުމާއި ޝިރުކުން ސަލާމަތްވާން އެނގުން
  •  ތައުޙިދާއި ފުށު އަރާ ކަންކަން ދަސްވެ، އެފަދަ ކަންކަމުން ސަލާމަތްވެގެންވާ ޙާލު ރުޤްޔާއިން ފަރުވާ ލިބިގަންނަން އެނގުން
  • ތައުޙީދާއި އިސްލާމީ ޝަރީޢަތާއި ފުށުއަރާ ގޮތަށް ރުޤްޔާ ކުރާނަމަ ދެނެގަންނަން އެނގުމާއި، އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އަމިއްލަ ނަފްސަށާއި އަހުލުންނަށް ރުޤްޔާ ކުރަން އެނގުން
  • ރުޤްޔާ އާއި ގުޅިފައިވާ މުހިއްމު ޙުކުމްތައް އެނގުން
  •  ޖިންނި އަވަލުން، އެސްފީނާ، ޙަސަދަ، ސިހުރު ޖެހުމުން ދެނެގަންނާނެ ގޮތްތައް ދަސްވުން
  • ޖިންނި އަވަލުން، އެސްފީނާ، ޙަސަދަ، ސިހުރު ޖެހުމުން އަމިއްލައަށް އަމިއްލަ ނަފްސަށް އަދި ޢާއިލާއަށާއި ދަރީންނަށް ރުޤްޔާކޮށް ފަރުވާ ކުރާނެ ގޮތްތައް ދަސްވުން
  • ގެއަށް ދިމާވާ ރޫޙާނީ ކަންކަން ދެނެގަނެ އެކަންކަން ޙައްލު ކުރާނެ ގޮތް ދަސްވުން
  •  ރޫޙާނީ ބަލިތައް ފިޔަވައި އެހެނިހެން ބަލިތަކަށްވެސް ރުޤްޔާއާއި ނަބަވީ ބޭސްވެރިކަމުގެ އަލީގައި ކުރެވިދާނެ ފަރުވާތައް ދަސްވުން